ވިއްސާރައާއި ގުޅިގެން ދިމާވާ ދަތިތަކަށް، ރައްޔިތުންނަށް އަވަސް ހައްލު ހޯދައިދެއްވުމަށް ޓާސްކް ފޯސްއެއް އެކުލަވާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށ...

13 Aug 2024 | 18:31

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވައިފިއެވެ.

މި ޓާސްކްފޯސް ޗެއަރ ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މިޓާސްކްފޯސްގައި ހިމެނި ވަޑައިގަންނަވަނީ،

1- މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް

2- ޢަލީ އިޙްސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

3- ޑރ. އިސްމާޢީލް ޝަފީޢު - މިނިސްޓަރ އޮފް އެޑިޔުކޭޝަން

4- ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް

5- ޠާރިޤް އިބްރާހީމް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

6- އާދަމް ޝަރީފް ޢުމަރު - މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

7- ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް

8- ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ

9- ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ވިއްސާރައާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ޙާލަތާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް އެހީވުމަށް މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް