ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ސަބަބުން އާއްމު ސާފުތާހިރުކަމަށްޓަކައި ސަމާލުވާން ޖެހޭ ކަންތައްތައް އެޗްޕީއޭއިން އަންގައިފިއެވެ.
އެގޮތުން އެޗްޕީއޭއިން ފާހަގަ ކުރައްވާފައިވާ ބައެއް ކަންކަމަކީ،
- ބުއިމަށާއި ކެއްކުމަށް އަދި ތަށިދޮވުމަށް ފުޅީގައި ބަންދުކުރިފެން، ކެއްކި ވާރޭފެން ނުވަތަ ސަޕްލައި ފެން ބޭނުންކުރުން.
- ނަރުދަމާ، ސެޕްޓިކްޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ، ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކުލޮރިން ކުރުން މުހިންމު.މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ޕަބްލިކް ހެލްތް ޔުނިޓަށް އެންގުން.
- ފެން ގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުން.
- ސައިބޯނި ލައިގެން ސާފުފެނުން ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދެއްވާ ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން، ކެމުގެ ކުރިން އަދި ފާހާނާ ކުރުމުގެ ފަހުން ސައިބޯނި ލައިގެން އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުން.
މިކަންކަމަށް ސަމާލުކަންދީ އަމިއްލަ ސާފުތާހިރުކަން އިސްކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް