މިހާރު ރާއްޖެއަށް ކުރަމުން މިއަންނަ ވިއްސާރައިގައި ހއ ބާރަށަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.
އެގޮތުން، ބާރަށުގެ ހަތް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފަސް ގެއެއްގައި މީހުނަށް ނޫޅެވޭ ވަރަށް ވަނީ ގެއްލުންވެފައި ކަމަށް މައުލޫމާތު ލިބެ އެވެ.
ފެންބޮޑުވި ގެތަކުގެފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ގުޅިިގެން މިހާރު ދަނީ ކުރަމުން ނެވެ. އަދި ފެންބޮޑުވި ގެތަކުގެ ތެރެއިން، ދެގޭގައި މީހުނަށް ދިރި ނޫޅެވޭ ވަރަށް ވަނީ ފެންބޮޑުވެފަ އެވެ.
މިކަމާ ގުޅިގެން މިހާރު އެދެގޭގެ މީހުން އެހެން ގެތަކައް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން އެރަށުގެ ކުނި ގޮނޑާއި ވަލު ތެރޭގައި ހުރި ކުނި ފެންބޮޑުވުމުގެ ސަބަބުން ވަނީ ރަށުގެ ތެރެއަށް ފެތުރެން ފަށާފަ އެވެ. ރަށު ތެރެއިން ކުނި ނެގުމުގައި މަސައްކަތް ދަނީ އެ ރަށު ކައުންސިލުން ކުރަމުންނެވެ.
މި މަސައްކަތްތަކުގައި، ބާރަށު ކައުންސިލާއި އެރަށު ޕޮލިސް ސްޓޭޝަންގެ އިތުރުން ފެނަކަ އަދި އެމްޓީސީސީއިން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް