އަންހެނުން އިންޑިއާއަށް އެތެރެވިޔަ ނުދީ ފޮނުވާލިކަމަށް ބުނާ ވާހަކައަކީ ދޮގެއް: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ އަނބިކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުން ބޭރުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް އަޒާން ވިދާޅުވެއްޖެއެވެ. ބައެއް ...

13 Aug 2024 | 15:15

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ އަނބިކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުން ބޭރުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް އަޒާން ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އަޒާންގެ އަނބިކަނބަލުން އިންޑިއާގެ ކޮޗިންއަށް ވަޑައިގެނެވުމުން ކޮޗިންގެ އިމިގްރޭޝަނުގައި ވަނީ ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާފައެވެ. އަދި އަޒާންގެ އަނބިކަނބަލުން ކޮޗިންއަށް އެތެރެވުމަށް ހާއްސަ ހުއްދައެެއް ދިނީ އެންމެ އަވަހަށް އޮންނަ ޝެޑިއުލް ފްލައިޓަކުން ރާއްޖެ ފުރަން ޖެހޭނެ ގޮތަށް ކަމަށެވެ. އެހެން ނަމެވެސް އަޒާން ވަނީ އެކަން ދޮގުކޮށްފައެވެ.

"އިމިގްރޭޝަން އަކުން އެންމެ އަވަހަށް އޮންނަ ފްލައިޓް އަކުން އެތެރެ ވާން ޝަރުތު ކޮށް ނުވެސް ވައްދާނޭނުންތޯ؟ ނުވައްދާ އެންމެ އަވަހަށް އޮންނަ ފްލައިޓަކުން ފޮނުވާލާނީއެއްނުންތޯ؟" އަޒާން ވިދާޅުވިއެވެ.

ދުވަސްއާ ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، އަޒާން ގެ އަނބިކަނބަލުން އިންޑިއާއަށް އެތެރެވިޔަ ނުދީ ފޮނުވާލި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

މެންބަރު އަޒާން އަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އެންމެ ބޮޑަށް ވަކާލާތް ކުރެއްވި އެއް ފަރާތެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް