ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގެ ސުކޫލުތައް މާދަމާ ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މާދަމާ ބަންދުކުރުމަށް ނިންމަވާފައިވަނީ، މާލެ، ހުޅުމާލެ އަދި ވިލިގިލީގެ ސުކޫލުތައް ކަމަށް މައުލޫމާތު ލިބެއެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތޮޅުތަކުގެ ސްކޫލުތަކުގެ މައުލޫމާތުތައްވެސް އެއްކުރައްވަމުން ގެންދަވާ ކަމަށެވެ.
މިކަން އެޑިއުކޭޝަން މިނިސްޓްރީން "ދެން އޮންލައިން" ނޫހަށް ކަށަވަރުކޮށްދީފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވީ ނަމަވެސް ރަސްމީ އިދާރާއަކުން އަދި މިކަން އިއުލާން ކޮށްފައެއް ނުވެއެވެ.
މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ދުއްވާއެއްޗެހި ދުއްވުން ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. އެހެން ކަމުން ގިނަ ބެލެނިވެރިންވެސް އެދެނީ ވިއްސާރަ މަޑުވެލަންދެން ސުކޫލުތައް ބަންދުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް