ކޭބަލްއެއް ޝޯޓްވެ މާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ- މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރައްވަމުން

ވިިއްސާރައާއި ގުޅިގެން މާލޭގެ ލޮނު ޒިޔާރަތް މަގުގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، ވިއްސާރައާއި ގުޅިގެން ޑިސްޓްރިބިއުޝަން ކޭބަލްއެއް ޝޯޓްވެ މާލެ ސި...

13 Aug 2024 | 13:35

ވިިއްސާރައާއި ގުޅިގެން މާލޭގެ ލޮނު ޒިޔާރަތް މަގުގެ ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ވިއްސާރައާއި ގުޅިގެން ޑިސްޓްރިބިއުޝަން ކޭބަލްއެއް ޝޯޓްވެ މާލެ ސިޓީ، ލޮނުޒިޔާރަތްމަގުގެ، ވީބީ މާޓް ހުންނަ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކޮށް އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ހުރިހާ މަގުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ ވަނީ ބޮޑެތިި ގެއްލުން ތަކެއްވެސް ލިބިފައެވެ. ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފުލުހުންނާއި ސިފައިން ދަނީ މާލޭގެ މަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީދޫ ސަމާލުވެސް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް