މައްޗަންގޮޅީގެ އުތުރަށް ކުރާ ވިއްސާރައިގައި ރައްޔިތުންގެ ހާލު ބެލުމަށް ގޭގެއަށް ހިނގުން އެބައޮތް: މެންބަރު އިއްބެ

މައްޗަންގޮޅީގެ އުތުރަށް ކުރާ ވިއްސާރައިގައި ރައްޔިތުންގެ ހާލު ބެލުމަށް ގޭގެއަށް ހިނގުން އެބައޮތް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެެވެ. "މައްޗަންގޮޅީގެ އުތ...

13 Aug 2024 | 10:49

މައްޗަންގޮޅީގެ އުތުރަށް ކުރާ ވިއްސާރައިގައި ރައްޔިތުންގެ ހާލު ބެލުމަށް ގޭގެއަށް ހިނގުން އެބައޮތް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެެވެ.

"މައްޗަންގޮޅީގެ އުތުރަށް މި ކުރާ ގަދަ ވިއްސާރައިގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެހީވުމުގެ އަމަލީ ގޮތުން އަޅުގަނޑޫ ނިކުމެ ގޭގެއަށް ހިނގުން އެބަ އޮތް" މެންބަރު ވިދާޅުވިއެވެ.

(1) Ibrahim Muhammad on X: "Machangolhi Uthurrah mi kuraa gadha vissaaraiga Male dhiriulhey rayyithunnah eheevumuga amalee gothun alhugandu nikume geygeyah hingun eboy . @thevoice_mv" / X

މެންބަރު އެކްސްގައި ކުރެއްވެވި މި ޕޯސްޓުގައި ވަނީ ނޫހަކަށް ވެސް ޓެގްކޮށް މިކަން އިއުލާން ކޮށްފައެވެ.

މިކަން މިގޮތަށް އިއުލާން ކުރުމުގެ ސަބަބުން އާއްމުން ދަނީ މެންބަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިއަދު ކުރަމުން މިދާ ގަދަ ވިއްސާރައިގައި މާލޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެ ގެއްލުން ތަކެއް ލިބިފައެވެ. އެމްއެންޑީއެފް އަދި ދިވެހި ފުލުހުން ނިކުމެ މިޙާރު ވެސް ދަނީ މަގުތައް މަތީގައި ހަރަކާތްތެރި ވަމުންނެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ މާލެ ސަރަހައްދުން ފެށިގެން ބޮޑު ހިސާބަކަށް މިއަދުގެ އިރުއޮއްސި18:15 އާއި ހަމައަށް އޮރެންޖު ސަމާލު ވެސް ނެރެފައެވެ.

މާލޭގެ ފެންބޮޑުވުމުގެ ހާލަތު އިތުރަށް ގޯސްވެ، އާއްމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދުތަށް ދުއްވުން މަނާކޮށް އަދި ހަތަރު ފުރޮޅު ލީ އުޅަނދުތައް ކިންމެހެން ދުއްވަން ޖެހޭ ހަާލަތެއްގައި ނޫނީ ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްވެސް ކުރައްވަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް