މާލޭގެ މަގުތައް އާއްމު ހާލަތައް އަންނަންދެން ހަތަރު ފުރުޅުލީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮށްފި

މާލޭގެ މަގުތައް އާއްމުހާލަތައް އަންނަންދެން މާލޭގެ މަގުތަކުގައި ހަތަރުފުރޮޅުލީ އުޅަނދުތަކާއި ބަރު އުޅަނދުތައް ނުދުއްވުމަށް ދިވެހި ފުލުހުން އެދިއްޖެއެވެ. ފުލުހުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކު...

13 Aug 2024 | 09:47

މާލޭގެ މަގުތައް އާއްމުހާލަތައް އަންނަންދެން މާލޭގެ މަގުތަކުގައި ހަތަރުފުރޮޅުލީ އުޅަނދުތަކާއި ބަރު އުޅަނދުތައް ނުދުއްވުމަށް ދިވެހި ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ، މަގުތަކުގައި ފެން ހިނދި އާއްމު ހާލަތަށް މަގުތައް އަންނަންދެން، ބަރު އުޅަނދު މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރުޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

އަދި ފުލުހުން ވަނީ މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރުވެސް އަދާކުރައްވާފައެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ގޯތިި ތަކަށާއި ތަކެއްޗަށް ގެއްލުން ލިބިފައެވެ.

އަދި އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންނާއި ސިފައިން ދަނީ މާލޭގެ މަގުތަކުގައި މިޙާރު ވެސް ހަރަކާތްތެރި ވަމުން ކަން ފާހަގަ ކޮށްލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް