މޫސުުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން އދ އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މެޓުން ބުނީ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޮރެންޖު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު14:15 އިން މިރޭ އިރުއޮއްސި18:15 އާ ހަމައަށެވެ.
މާލޭގެ އިތުރުން އެކި ރަށްރަށުގައިވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ ފުލުހުންނާއި ސިފައިން ދަނީ މަގުތައް މަތީގައި ހަރަކާތެރިި ވަމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެޓުން ވަނީ ކަނޑުދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް