ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މޫސޫން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެ...

13 Aug 2024 | 09:04

މޫސޫން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، ދަތުރު ފަތުރު ކުރުމުގައި ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލޭގެ އެކި ހިސާބުތަކާއި، ސްކޫލު ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރައްވަމުންނެވެ.

ރާއްޖޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް މެޓުން ވަނީ މިއަދު ބުނެފައެވެ. އެގޮތުން މެޓުުން ބުނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ގަޑިއަކު17 މޭލާ27 މޭލާ ދެމެދު، އަދި ދެކުނުގައި13 މޭލާއި23 މޭލާ ދެމެދު ބާރުމިނުގައި ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި60 މޭލަށް ބައިގަދަވެގެން ދިިޔުމުގެ ފުރުސަތު ބޮޑުކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މީގެއިތުރުން މެޓުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް