ދިވެހި ރާއްޖެ ދިވެހި ކުރުމުގެ ހަރުދަނާ މަސައްކަތެއް ފަށާކަށް ނުވޭތޯ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައި ވަނީ އެކްސްގައި މިއަދު ކުރެއްވެވި ޕޯސްޓެއްގައެވެ. މާބޮޑު ތަފްސީލެއް ނެތި ކުރެއްވި މި ޕޯސްޓުގައި ރައީސް މިފަދައިން ވިދާޅުވީ ކޮން ކަމަކާއި ގުޅިގެން ކަމެއް ކަށަވަރެއް ނޫނެވެ.
ބެލެވޭގޮތުގައި މި ބަހުގެ މާނައަކީ ދިވެހިންގެ އާދަކާދަތަކާއި ސަގާފަތާއި މަސައްކަތްތެރިކަން އޮޔާ ދިޔުމާއި ގުޅިގެން ރައީސް ވިދާޅުވެފައިވާ ބަސްކޮޅެކެވެ.
މި ބަސްކޮޅަށް ފުންކޮށް ވިސްނާލައިފި ނަމަ ހިތަށް އަރަނީ، އާއެކެެވެ، ދިވެހި ރާއްޖެއަކީ ދިވެހި ތަނެކޭ މިހާރު ބުނުމުގެ ޖާގައެއް ނެތެެވެ.
ސަބަބަކީ ދިވެހިންގެ ކިބައިގައި ދިވެހިވަންތަ އާދަކާދަތަށް ނެތިގެން ދާ ކަމެވެ. ދިވެހިން ކުރަމުން އައި ހުރިހާ މަސައްކަތްތަކަށްކަށް ބޭރު މީހުން އަތްގަދަކޮށްފިއެވެ. ދާދި ފަހުން އިމިގްރޭޝަނުން ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ ރެއިޑްއަށް ބަލާލިއަސްް މިކަން ޔަގީން ވާނެއެވެ.
ފިހާރަތަކުން ގަނެގެން އަހަރެމެން މިކާ ދިވެހި ވަންތަ ކެއުން ތަކުގެ ފަހަތުގައިވެސް ހުންނަނީ ދިވެއްސެއް ނޫނެވެ. ކޮންމެވެސް އެހެން ގައުމަކަށް ނިސްބަތްވާ ބިދޭސީއެކެެވެ.
މީގެއިތުރުން ޒުވާން ޖީލުވެސް ވަނީ ދިވެހި ވައްތަކަމަށް ވުރެން ހުޅަނގުގެ ގޮތްގަނޑަށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް