އިސްރާއީލަށް ހަމަލާ ނުދިނުމަށްއެދި ހުޅަނގުގެ ޤައުމުތަކުން އީރާނު ކުރެން އާދޭސްކުރަނީ

އިސްރާއީލަށް ހަމަލާ ނުދިނުމަށްއެދި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޔޫރަޕްގެ ޤައުމުތަކުން އީރާނު ކުރެން އާދޭސްކުރަމުން އެބަ ގެންދެއެވެ. އެގޮތުން އީރާނުގެ ރައީސަށް ގުޅުއްވި އެއް ބޭފުޅަކީ އިނގިރޭސިވިލ...

13 Aug 2024 | 06:25

އިސްރާއީލަށް ހަމަލާ ނުދިނުމަށްއެދި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޔޫރަޕްގެ ޤައުމުތަކުން އީރާނު ކުރެން އާދޭސްކުރަމުން އެބަ ގެންދެއެވެ.

އެގޮތުން އީރާނުގެ ރައީސަށް ގުޅުއްވި އެއް ބޭފުޅަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއެވެ.

އެގޮތުން ބޮޑުވަޒީރުގެ އޮފީހުން ވިދާޅުވެފައިވަނީ ބޮޑުވަޒީރު އީރާނުގެ ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާންއަށް ފޯނުން ގުޅުއްވައި 30 މިނެޓު މަޝްވަރާ ކުރެއްވިއެވެ.

އެ މަޝްވަރާގައި އިސްރާއީލަށް ހަމަލާ ނުދިނުމަށް އެދިލެއްވި ކަމަށާއި ހަނގުރާމައެއް ފެށުމަކީ އެއްވެސް ބަޔަކަށް މަންފާތަކެއް ކޮށްފާނެކަމެއް ނޫންކަމުގައި ދެންނެވި ކަމަށެވެ.

އޭގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ފްރާންސް، ޖަރުމަނު، އިޓަލީގެ އިސްވެރިން ވަނީ ހަމަލާ ނުދިނުމަށް އީރާނުގެ ކިބައިން އެދިފައިވެއެވެ.

އެހެންނަމަވެސް އީރާނުގެ ރައީސް ވިދާޅުވެފައިވަނީ ހަމަލާ ދިނުމަކީ އީރާނުގެ ހައްގެއް ކަމަށެވެ.

އީރާނާއި އީރާނަށް ވާގިވެރިވާ ފަރާތްތަކުން އިސްރާއީލަށް ހަމަ ކޮންމެ ވަގުތެއްގައިވެސް ހަމަލާތަކެއް ދީފާނެކަމުގައި މިހާރު މިވަނީ ބެލެވެން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް