އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ރާއްޖޭގައި މޫސުން ގޯސްކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު އާއްމުކުރި މޫސުމީ ޚަބަރުގައެވެ.
އެގޮތުން މެޓުން ބުނެފައިވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި މީގެ އިތުރުން އާންމުވައި އުތުރާއި މެދުރާއްޖޭގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދު، އަދި ދެކުނުގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ހިފަހައްޓާނެކަމަށް ބެލެވޭކަމަށެވެ.
"ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ، އަދި ދިޔަވަރު ބޮޑުވާ ގަޑިގަޑީގައި އުދައިގެ އަސަރުކުރުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނެފައިވަނީ މޫސުން ގޯސް ދުވަސްވަރެއްކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށާއި އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ސަލާމަތީ ކަންކަމަށް އިސްކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް