ކެލާއަށް އިއްޔެ ވާރޭ އެ ވެހުނީ ރާއްޖޭގެ ރެކޯޑު އަދަދަކަށް: މެޓް

ހއ. ކެލާއަށް އިއްޔެ ވާރޭ އެ ވެހުނީ ރެކޯޑު އަދަދަކަށް ކަމުގައި މެޓުން ބުނެފިއެވެ. އެގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ނެރެނު "މޫސުމާއިބެހޭ ޚަބަރު" ގައި ބުނެފައިވަނީ ވޭތުވެދިޔ...

13 Aug 2024 | 05:33

ހއ. ކެލާއަށް އިއްޔެ ވާރޭ އެ ވެހުނީ ރެކޯޑު އަދަދަކަށް ކަމުގައި މެޓުން ބުނެފިއެވެ.

އެގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ނެރެނު "މޫސުމާއިބެހޭ ޚަބަރު" ގައި ބުނެފައިވަނީ ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައިގަދަވެފައިވާކަމަށެވެ. އެގޮތުން އެންމެ ބޯކޮށް ވާރޭވެހުނުކަމަށް މިނިފައިވަނީ އިއްޔެ ހއ. ކެލާ އޮޓެމެޓިކް ވެދަރ ސްޓޭޝަން އިން 231.5 މިލިމީޓަރަށްކަން ފާހަގަކުރަމުން މެޓުން ބުނެފައިވަނީ އެއީ މިހާތަނަށް އޮޓޮމެޓިކް ވެދަރ ސްޓޭޝަނަކަށް ސައުވީސް ގަޑިއިރަށް ރެކޯޑްކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާކަމަށް ރެކޯޑުކުރެވިފައިވަނީ އިއްޔެ ގަޑިއަކު 46 މޭލަށް ފ. ނިލަންދޫ އޮޓަމެޓިކް ވެދަރ ސްޓޭޝަނުން ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް