ރައީސް ސޯލިހު ދިން ފްލެޓްތަކުގެ ތަޅުދަނޑިވީ ކަނޑުރަސްގެފާނު ބަނޑުތެރޭގަޔޯ ކިޔާތީ އަޑުއިވޭ: ޝިއުނާ

ކުރީ ސަރުކާރުން ކަނޑުން ގޯތި ދިން ކަމަށް ބުނެ، މި ސަރުކާރުގެ ގިނަ ބަޔަކު ދަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ކުރީ ސަރުކާރުން ގުޅީ ފަޅުންްެ ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރިން...

12 Aug 2024 | 19:14

ކުރީ ސަރުކާރުން ކަނޑުން ގޯތި ދިން ކަމަށް ބުނެ، މި ސަރުކާރުގެ ގިނަ ބަޔަކު ދަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކުރީ ސަރުކާރުން ގުޅީ ފަޅުންްެ ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރިންނާއި ހަވާލުކުރުމަށް ގޮވާލާ އިދިކޮޅުފަރާތްތަކުން ދަނީ މުޒާހަރާކުރަމުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅިގެން ގެދޮރުވެރިކަމާއިި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ އަލީ ހައިދަރު އަހްމަދު ވިދާޅުވީ ކުރީ ސަރުކާރުން ދީފައިވާ ގޯތިތައް ހަވާލުކުރެވޭނެ ވަކި ތާރީހެއް ދަންނަވަން ދަތިކަމަށެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅުު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ގުޅީ ފަޅުގެ ބިން އަދި ހިއްކާވެސް ނުނިމޭ ކަމަށާއި އަދި ގުޅީ ފަޅަކީ ތިލަމާލެ ބްރިޖް މަސައްކަތަށް ވަރަށް ބޮޑަށް ބޭނުންކުރެވެމުންދާ ތަނަކަށް ވާހިނދު، ބޮޑެތި ހެވީ ވެހިކަލްތައް ގުޅީފަޅުގައި އޮޕަރޭޓްކުރަމުން އަންނަހިނދު ކުރިން ދޫކުރި ގޯތިިތަކުގެ ކަންމުޑިތައްވެސް މިހާރު ހަލާކުވެފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ގޯތިތައް ހަވާލުކުރެވޭނީ85 ހެކްޓަރުގެ ބިން އިތުރަށް ހިއްކާ ނިމުމުން ކަމަށެވެ.

މިކަމާއި ގުޅިގެން ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވީ، ގެދޮރުވެރިކަމުގެ އެއްވެސް ޕްލޭންއެއް ނެތި ފަސް އަހަރު ދުއްވާލުމަށް ފަހު ކުރީ ސަރުކާރުން ގޯތި ދޫކުރީ ނޭފަތުގެ ކުރިއަށް ފެން އެރީމަ ކަމަށެވެ.

" އާނއެކޭ އާނއެކޭ މި އިބްރާހިމް ރަސްގެފާނު ފަސް އަހަރު ނާގާބިލް ވެރިކަމުގެ ވާހަކައަކީ ދެއްކިއަސް ދައްކާ ނިމޭނެ ޒާތުގެ ވާހަކައެއް ނޫނޭ. ރަންކޮޅާ އިބްރާހިމް ރަސްގެފާނު ގޯއްޗެއް ނުދެޔޭ! ހެދީ ލިސްޓެކޭ. އަދި އެ ލިސްޓު ހެދީވެސް ކަނޑުފަޅުން ގޯތި ދޭން ހިތުނިޔައް ގަނެފައެވެ. ތަޅުދަނޑިވީ ކަނޑުރަސްގެފާނު ބަނޑުތެރޭގަޔޯ ކިޔާތީ އަޑުއިވޭ." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ މިހެން ވިދާޅުުވީ، ޝިއުނާގެ ޕޯސްޓަކަށް މީހަކު ކޮސްފައިވާ ކޮމެންޓަކަށް ޖަވާބުދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް