ދިވެހި ފުލުހުން ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަނެއް ހިންގައި، އެ އޮޕަރޭޝަނުގައި ތިންތަނެއް ބަލާ ފާސްކޮށް ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަނަކީ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލޭ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގަކުން ކޮށްފައިވާ ތަހްގީގަކުން ހާމަވެފައިވާތީ އެ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލައިގާ މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހްގީގަށް ބޭނުންވާ އެހީތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުންވެސް ފޯރުކޮށްދެމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް