ޝަރުތު ހަމަވާ އެއްމެންނަށް މި ދައުރު ނިމުމުކުރިން ގޯތި ދެނީ

ގޯއްޗަށް ޝަރުތު ހަމަވާ އެއްމެންނަށް މި ދައުރު ނިމުމުގެ ކުދިން ގޯތި ދޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ. ގޯދި ދިނުމާ ގުޅޭގޮތުން މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު...

13 Aug 2023 | 15:57

ގޯއްޗަށް ޝަރުތު ހަމަވާ އެއްމެންނަށް މި ދައުރު ނިމުމުގެ ކުދިން ގޯތި ދޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.

ގޯދި ދިނުމާ ގުޅޭގޮތުން މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ނޮވެމްބަރު 11 ގެ ކުރިން ގޯތިތައް ދީ، ރަޖިސްޓްރީ ހަވާލު ކުރާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އިއުލާނުކުރާނެކަން ހާމަކޮށްފައިވާއިރު ޕްލޭނިންގް މިނިސްޓްރީން ބުނީ، ގޯތިތަކުގެ ގުރު ނެގުން އޮންނާނި އަންގާރަ ދުވަހު ކަމަށެވެ.

އަކްރަމް ވިދާޅުވީ ގޯތި ދޫކުރާނީ އިން ވަކިކޮށް ރަޖިސްޓްރީ ކޮށްގެން ކަމަށްވާތީ، އަންނަ ސަރުކާރަކަށްވެސް އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1000 ގޯތި ދޭނީ ހުޅުމާލެއިންނެވެ. އަދި ގުޅީފަޅުން 2000 ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު، ގިރާވަރުފަޅު ހިއްކައިގެން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ، މިވަގުތުގޯތި ނުދެވޭނީ ހަމައެކަނި 684 މީހަކަށް ކަމަށެވެ. އެއީ މިވަގުތު ލިބިފައިވާ ބިމުން އެންމެންނަށް ގޯތި ނުދެވޭނެތީ ކަމަށެވެ. އެހެންކަމުން އިތުރަށް ގޯތި ލިބުމުން އެ 684 މީހުންނަށް ގޯތި ދޭނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް