ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ޝައިޚް ޝަފީފު އަބްދުﷲ ނިންމައިފިއެވެ.
މިކަން ހާމަކޮށް ޝައިޚް ބުނެފައިވަނީ ކުރިމަތިލައްވައިފައިވާ ބޭފުޅުންނާ މެދު ނަޒަރު ހިންގައި ވިސްނައިލި އިރު، ޑރ. މުޢިއްޒަށް ވުރެ ތަޢުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންނާއި، ހިންގުމުގެ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ފިކުރީ ގޮތުންނާއި، ދީނީ ޢިލްމުވެރީންނާ އޮންނަ ގުޅުމުގެ ގޮތުން ކައިރި ކުރާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ޤަބޫލުކުރެވޭކަމަށެވެ.
ޝައިޚް ޝަފީއުގެ ތާއީދު ޑރ. މުއިއްޒަށް އޮތްކަން ހާމަކޮށްފައިވާއިރު ޝައިޚް އަލީ ޒާހިރުވެސް ވަނީ އިއްޔެ ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމައި އެކަން ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް