ކޯޓުން ޔާމީނުގެ ޖަލު ހުކުމް ފަސްކޮށެއް ނުދިން

ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ފަސް ކުރެވެން ނެތް ކަމަށް ހައި ކޯޓުން ބުނެފިއެވެ. ވ. އާރަށުގެ މައްސަލައިގައި، ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކ...

13 Aug 2023 | 12:11

ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ފަސް ކުރެވެން ނެތް ކަމަށް ހައި ކޯޓުން ބުނެފިއެވެ.

ވ. އާރަށުގެ މައްސަލައިގައި، ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި، ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ މައާފު ކޮށްދިނުމަށް ޔާމީނުގެ ފަރާތުން ވަނީ ހައި ކޯޓުގައި އެދިވަޑައިގަންނަވާފައެވެ.

އެކަމާ ގުޅިގެން ހައިކޯޓުން ބުނެފައި ވަނީ، ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާ ކަމަށެވެ. ނަމަވެސް ޖަލު ހުކުމް ފަސް ކުރެވެން ނެތް ކަމަށެވެ.

މި ނިންމުން ނިންމާފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުން ބުނީ، ޖަލު ހުކުމް ފަސްކޮށް ނުދެވޭނީ، ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް ފަސް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ ކަމަށެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ ޖަލު ހުކުމާއި ޖޫރިމަނާ އޮތުމުގެ ސަބަބުން ކަމަށެވެ. އެ މައްސަަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންވެސް ނިމުނީ ޔާމީނާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް