ރައީސް ނ. މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނ...

13 Aug 2023 | 11:01

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައި އެރަށަށް ވަޑައިގެންނެވުމަށްފަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފިހުން ވަނީ ބުނެފައެވެ.

އެ ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރުބައްތި އާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓްވަނީ އަޅާފައެވެ.

މީގެ އިތުރަށް، ރައީސް އެ ރަށުގައި ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެކުރިން ހުރި އޮފީސް ޢިމާރާތަކީ، ތިން މީހުންގެ ޖާގައިގެ އިމާރާތެކެވެ.

މިއަދު ހުޅުވި ފެނަކަ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 1080ކިލޯވޮޓްއެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް