މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން އަދި އެހާ ފޯރިގަދަ ނޫން ނަމަވެސް ކެމްޕޭންތައް ފެށިގެން ކުރިއަށް ދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ މައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އާއްމު ފަރާތްތަކުންނާއި ޕާޓީތަކުން އަދި ކެނޑިޑޭޓުންވެސް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކެމްޕޭން ކުރުމަށް އެދިލައްވާ ކަމަށެވެ.
"އެހެންނޫނިއްޔާ މި ވާގޮތަކީ ބައެއް ފަހަރަށް ރައްރަށުގެ މަސްލަހަތު ގެއްލި އަޅުގަނޑުމެންގެ މި ކުދިކުދި މުޖުތަމައުތަކުގަ ހަމަ އެއްބަޔަކު އަނެއްބަޔަކާ އަރާރުން ވުމާ، ދެން ފެންނަން ބޭނުން ނުވާ މަންޒަރުތައް ފެނުމަކީ ކުރިއަށް އޮތް ތާނގަ އަޅުގަނޑުމެންނަށް ތަންކޮޅެއް އުނދަގޫ ވެދާނެ ކަމަކަށް ވާތީ ސިޔާސީ ޕާޓީ ތަކަށާއި ކެނޑިޑޭޓުންނާއި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރާ ވަރަށް ބޮޑު އިލްތިމާސްއެއް މީ
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް
ހަބީބް ވިދާޅުވީ، ކެމްޕޭންގެ ކަންކަން ގާނޫނާ ގަވާއިދުގެ ތެރޭގައި ބެހެއްޓުމަށް ވަރަށް ބޮޑަށް އެދިލައްވާ ކަމަށެވެ
އޭގެއިތުރުން، ކެނޑިޑޭޓުންގެ ހައްގުތަކަށް ރައްކާތެރި ވުމަށް ގާނޫނުގައި ބުނެފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން އެ ހަމަތަކުގެ މަތިން އިހުތިރާމާއެކު ކެމްޕޭން ކުރަމުން ގެންދެވުމަށް ހަބީބް އެދިލެއްވިއެވެ.
ބައެއް ރަށްރަށުގައި ކެމްޕޭނާ ދިމާކޮށް ފުލުހުން މީހުން ހައްޔަރު ކުރުމުގައި އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރާ ކަމުގެ ޝާކުވާ ލިބޭކަން ފާހަގަ ކުރައްވައި ހަބީބް ވިދާޅުވީ، ފުލުހުންގެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއި އަމާންކަން އިސްކުރެއްވުމަށް އެދިލައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް