މާލެއިން ގޯތިދޫކުރުމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

މާލެއިން ގޯތިދޫކުރުމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ޕްލޭނިންގް މިނިސްޓްރީން ނިންމައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދާނީ ރައީސް އޮފީހުގައި، މިއަދު ހާވިރު 4:00 ގ...

13 Aug 2023 | 10:06

މާލެއިން ގޯތިދޫކުރުމާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ޕްލޭނިންގް މިނިސްޓްރީން ނިންމައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ދާނީ ރައީސް އޮފީހުގައި، މިއަދު ހާވިރު 4:00 ގައެވެ.

މާލެއިން ދޭ ގޯތި، އަންގާރަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެއެވެ..

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ކުޑަފަރީގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިސާޅުވީ، ޕްލޭނަކީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މާލެއިން ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ.

މާލެއިން ދޫކުރަން ހަމަޖެހިފައިވާ ގޯތި ދޫކުރުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި ގޯއްޗާއި ފްލެޓް އަޅަމުން ދަނީ އެކަށީގެންވާ ދިރާސާތައް ހެދުމަށްފަހުގައި ކަމަށެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ ބިން ތަކުގެ މިން ކަނޑައެޅުމާއި ބިން ދޫކުރާ ސަރަހައްދު ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި ގުރު ނެގުމުގެ މަސައްކަތް އޭގެ ފަހުން ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް