މާލޭ ރަންފައުން ފިހާރަ ފަޅާލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ހުކުރު ވަގުތާ ދިމާކޮށް ވަނީ މާލޭގައި ހުންނަ ‘ރަންފައުން’ ފިހާރަ ފަޅާލާފައެވެ. އެ ފިހާރައިގެ ބިއްލޫރިގަނޑު ފަނީ ވަރަށ ބޮޑަށް ތަޅާއިގެން ގޮސްފައެވެ.
މި ފިހާރަ ހުންނަނީ މާލޭ މަޖީދީމަގާއި ފަނޑިޔާރު މަގު ގުޅުނު ހިސާބުގައެވެ..
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިހާރައިގެ ބޭރުގައި ހުރި ބިއްލޫރީގެ އިތުރުން އެތެރޭގައި ހުރި ބިއްލޫރިތަކަށް ވެސް ވަނީ މިކަމުގެ ސަބަބުން ގެއްލުން ލިބިފައެވެ.
އެކަމާ ގުޅިގެން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، އެ މައްސަލަ ހުކުރު ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް