ރާއްޖޭގެ ކޮންމެ ރަށެއް މިހާރު މިވަނީ ގެސްޓް ހައުސް އެޅޭވަރަށް ފައްކާވެފައި ކަމުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި މިހާރު ނޫނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މިލަދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
" ޖާބިރު ވިދާޅުވާ ފަދައިން ކޮންމެ ރަށެއް މިވަނީ ރިސޯޓަކަށް ފައްކާވެފަ ގެސްޓްހައުސް އަޅަންވީ، ފެނާ ނަރުދަމާ ލިބޭ، ލަފާފުރުން ފަސޭހަ" ރައީސް ސޯލިހް ވިދާޅުވިއެވެ.
ދެން އަންނަ ސަރުކާރެއްގައި ރަށްރަށުގައި ގެސްޓް ހައުސް ހިންގަން ލުއި ފަސޭހަ ލޯނު ސްކީމެއް ތައާރަފް ކުރައްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވާދަކުރައްވާ އެހެން ބޭފުޅުން ދައްކަވަނީ ބޮޑު ދެތިން ރަށެއް ތަރައްގީ ކުރާ ވާހަކަ ކަމަށެވެ. އެއާއެކު މިލަދުއަށް އިތުރު ވައުދުތަކެއްވެސް ރައީސް ވެލެއްވިއެވެ.
އެ ވައުދުތަކުގެ ތެރޭގައި އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި ބޯހިޔާވަހިކަމަށް ފްލެތް ނުވަތަ ރޯ ހައުސް މަޝްރޫއު ހިންގުމުގެ އިތުރުން ޒުވާނުންނަށް ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކޮށްދިނުމުގެ ވައުދު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް