ޒަމީލްގެ ވެރިކަމެއްގައި މިނިމަމް ވޭޖަކީ 20، 25 ހާސް ރުފިޔާ

ވެރިކަމަށް ހޮވިވަޑައިގެންފިނަމަ މިނިމަމް ވޭޖަކީ 20 ހާހާއި 25 ހާހާއި ދެމެދުގެ އަދަދެއްކަމުގައި ކަނޑައަޅުއްވާނެކަމުގައި މިނިވަން ކެނޑިޑޭޓް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ. ޒަމީލް މިހެން ވިދާޅުވެފައިވަނީ ...

13 Aug 2023 | 08:42

ވެރިކަމަށް ހޮވިވަޑައިގެންފިނަމަ މިނިމަމް ވޭޖަކީ 20 ހާހާއި 25 ހާހާއި ދެމެދުގެ އަދަދެއްކަމުގައި ކަނޑައަޅުއްވާނެކަމުގައި މިނިވަން ކެނޑިޑޭޓް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ޒަމީލް މިހެން ވިދާޅުވެފައިވަނީ ޒަމީލްގެ ވައުދުނާމާގައެވެ.

އެ ވައުދުނާމާގައި ބުނެފައިވާގޮތުގައި ޒަމީލްގެ ވެރިކަމެއްގައި އެންމެ ކުޑަ އުޖޫރައަކަކީ 20 ހާހާއި 25 ހާހާއި ދެމެދުގެ މިންވަރެއްކަމުގައި ހަމަޖެއްސުމާއި ބުރަ މަސައްކަތް ނުވަތަ ހަށިގަނޑަށް ގެއްލުން ލިބިދާނެފަދަ މާހައުލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ މުސާރަ ނުވަތަ އިނާޔަތްތައް އިތުރުކޮށްދެވޭނެ ގޮތެއް ހަދާނެއެވެ.

މީގެ އިތުރުން މުސާރަތަކުގެ ތަފާތު ކުޑަކޮށް މުދާ ވިއްކޭނެ އެންމެ ބޮޑު އަގު (މެކްސިމަމް ރީޓެއިލް ޕްރައިސް) ކަނޑައަޅައި މުދަލުގައި ލޭބަލްކުރަންޖެހޭ ނިޒާމެއް ތައާރަފްކުރާނެއެވެ.

ޒަމީލް ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފައްޓަވާފައިވާއިރު ޒަމީލްގެ ކެމްޕޭނު ކުރިއަށްގެންދަވަނީ އޮންލައިންކޮށް އަދި ދައުލަތުގެ މީޑިއާއިން ލިބޭ ހިލޭ ފުރުސަތުގެ ބޭނުން ކުރައްވައިގެންނެވެ. ޒަމީލް ވިދާޅުވެފައިވަނީ ރަށްރަށަށް ޒިޔާރަތްކޮށް ކެމްޕޭނުގެ ހަރަކާތްތައް އެގޮތަށް ހިންގަން ބޭނުންފުޅުވި ނަމަވެސް މާލީ ގޮތުން އެއީ އޭނާއަށް ކުރެއްވޭވަރަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޒަމީލްގެ އިތުރުން ހަތް ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ މިނިވަން އިތުރު ދެ ކެނޑިޑޭޓަކާއި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް