މައްސަލަ ހައްލު ކުރަން ފެށުމުން އދ. ދިއްދޫ ކުދިން ސްކޫލަށް ފޮނުވަން ފަށައިފި

އދ. ދިއްދޫ ސްކޫލުގައި ފެނާއި ކަރަންޓު ނެތުމުގެ މައްސަލަ ހައްލުކުރަން ފެށުމުން، އެރަށު ސްކޫލަށް ކުދިން ފޮނުވަން ފަށައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން އަބްދުﷲ “ދުވަސް” އަށް ވިދާޅުވީ، މަސައްކ...

13 Aug 2023 | 07:59

އދ. ދިއްދޫ ސްކޫލުގައި ފެނާއި ކަރަންޓު ނެތުމުގެ މައްސަލަ ހައްލުކުރަން ފެށުމުން، އެރަށު ސްކޫލަށް ކުދިން ފޮނުވަން ފަށައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން އަބްދުﷲ “ދުވަސް” އަށް ވިދާޅުވީ، މަސައްކަތް އެއްކޮށް ނިންމާ ނުލެވުނު ނަމަވެސް މިއަދު ކުދިން ސްކޫލަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.

އެއްކޮށް ހައްލެއް ނުވޭ، މިހާރުވެސް ސްޓެލްކޯއަށް އެދިގެން މަތިން ވައިރުތަކެއް އަަޅައިގެން އެތަނަށް ކަރަންޓު ދީގެން އުޅެނީ، އަދި ނިންމައެއް ނުލެވޭ އެއްކޮށެއް. އެކަމަކު މިއަދު ސްކޫލަށް ކުދިން ދާން ފައްޓައިފި

ދިއްދޫ ކައުންސިލްގެ ރައީސް ޣް

އޭރު ބެލެނިވެރިން، ކުދިން ސްކޫލަށް ނުފޮނުވީ ކަރަންޓު ނެތުމުންކަން ފާހަގަ ކުރައްވައި ޣައްސާން ވިދާޅުވީ، މިހާރު މަތިން ކޭބަލް އަޅައިގެން އެތަނަށް ކަރަންޓު ދީފައިވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ ދިއްދޫ ސްޓެލްކޯ މުވައްޒަފުން ތިން ދުވަހުން ކުރި މަސައްކަތުން ކްލާސްތަކަށް ކަރަންޓު ދީފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ މަސައްކަތް އެއްކޮށް ނިންމާ ނުލެވޭ ކަމަށެވެ.

ސްކޫލުގައި ފެން ބޭނުން ނުކުރެވެނީ ފެނަށް ކަރަންޓު އަންނާތީ ކަމަށް ޣައްސާން ވިދާޅުވިއެވެ. އެހެންކަމުން ޖެހިގެން ހުރި ވަޅަށް ފެން މޯޓަރު ގުޅައި، އެ ވަޅަށް ހޮޅި ލުމުގެ މަސައްކަތް އިއްޔެ ހަވީރު ކުރަމުންދިޔަ ކަމަށާއި އެ މަސައްކަތް މިއަދަށް ނިންމާލެވޭނެ ކަމަށް މަސައްކަތް ކުރާ ފަރާތާ ހަވާލާދީ ޣައްސާން ވިދާޅުވިއެވެ.

ދިއްދޫގައި ކުދިން ސުކޫލަށް ކިޔަވަން ނުފޮނުވާ މައްސަލަ ބަލައިދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ އިދާރާ އަށް މައްސަލަ ހުށަހަޅައިފައެވެ.

އޭރު ޣައްސާން “ދުވަސް” އަށް ވިދާޅުވީ ސުކޫލުގައި ފެނާއި ކަރަންޓް ނެތުމުގެ ސަބަބުން، އެ މައްސަލަ ހައްލުނުވަނީސް ކުދިން ސުކޫލަށް ފޮނުވަން ބެލެނިވެރިން ބޭނުންނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކަމަކީ މިދިޔަ އަހަރުން ފެށިގެންވެސް ހައްލު ހޯދަން މަސައްކަތްކޮށް ހައްލެއް ނުލިބި ދިޔަ މައްސަލައެއްކަމަށެވެ. އަދި އެކަމާ ބެލެނެވެރިން ހިންހަމަ ނުޖެހޭ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް