އެހެން މީހުން ވެރިކަމަށް ބަގުޑިބައްދަނީ، އަޅުގަނޑު މަސައްކަތް ކުރަނީ ގައުމަށްޓަކާ: ގަސިމް

އެހެން މީހުން ވެރިކަމަށް ބަގުޑިބައްދަނީ ކަމަށާއި ނަމަވެސް ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ގައުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ރޭ ޖުމްހޫރީ ޕާޓީން އދ. މާމ...

13 Aug 2023 | 05:03

އެހެން މީހުން ވެރިކަމަށް ބަގުޑިބައްދަނީ ކަމަށާއި ނަމަވެސް ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ގައުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރޭ ޖުމްހޫރީ ޕާޓީން އދ. މާމިިގިލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް  ވިދާޅުވީ އެމްޑީޕީއަށާ އަދި ޕީޕީއެމްއަށް ވެސް ވެރިކަން ހޯދައިދޭން މަސައްކަތް ކޮށްދީފައި ވާނެ ކަމަށެވެ. ނަމަވެސް އެކަމުން ލިބުނު ހިތު ނަތީޖާ ދަނީ ފެނިވަޑައިގަންނަވަމުން ކަމަށެވެ.

އެކުގައި ކުރިއަށް ދާން ކޮންމެ ފަހަރަކުވެސް ކޯލިޝަން ހެދުމުން ފަހު ވަގުތު ލިބިވަޑައިގަންނަވާ ނުރަނގަޅު މަތީޖާގެ މައްޗަށް ނުސީދާކޮށް ގާސިމް އަލިއަޅުއްވާލެއްވުިއެވެ.

އަޅުގަނޑު މަސައްކަތް ކޮށްދީފިން. ލިބުނު ނަތީޖާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. އަޅުގަނޑު ކޮންމެހެން އިތުރަށް އެ ވާހަކަ ދައްކަން ޖެހޭތޯ؟ އަޅުގަނޑުމެން ކޯލިޝަން ހަދައިގެން ދަނީ، އެކަމު ކަން ކުރާ ގޮތް އަޅުގަނޑުމެން މިރޭ ފަށްފަށް ކޮށްފަ ވގުތު ނަގާލައިގެން ދެއްކުމުގެ މާނައެއް އެބައޮތްތޯ؟ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ،

"ދުވަހެއް ދުވަހަކަށް ގައުމު ދިޔައީ ދަރަނިވެރިވެގެން. ކުރައްވާ ގިނަ ވައުދުތަކެއް ނުފުދޭ. ކޮންކަމަކާތޯ ވައުދުވަނީ؟ ވެރިކަމަށް އަހިސް ބަގުޑިބެއްދުމަށްޓަކާ.  އަޅުގަނޑު މި އުޅެނީކީ ހަމަގައިމުވެސް އެހެނެއް ނޫން. އަޅުގަނޑަށް މާތް ﷲ ދެއްވި ތަނަވަސްކަމާއެކީގަ އަޅުގަނޑާ އަޅުގަނޑުގެ އާއިލާ ދިރިއުޅެވޭނެ ފެންވަރު އެބަހުރި. އެކަމަކު އަޅުގަނޑަކީ ގައުމަށްޓަކާ ރައްޔިތުންނަށް އަބަދުވެސް ހެޔޮ އެދިގެން، އިހްލާސްތެރި މަސައްކަތްތަކެއް ކުރަމުން އަންނަ މީހެއް" ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް، އެބަޔަކު ތިބި ތަނެއްގައި ދިރިއުޅުމަށް ފްލެޓްއަޅައިދެއްވާނެ ކަމަށެވެ. އަދި އެއީ ކުއްޔަށްދޭނެ ތަނެއް ނޫން ކަމަށާއުި، ހިދުމަތުގައި ދެމި ތިބިހާ ދުވަހަކު އެތަނުގައި އުޅެވޭނެ ކަމަށެވެ.

ފަނޑިޔާރުންނަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް