ޔާމީނަށް އިންސާފު ހޯދައިދީ ހިމާޔަތް ކޮށްދޭނީ ޖޭޕީން: އަމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދީ، އެމަނިކުފާނު ހިމާޔަތް ކޮށްދޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކަމަށް އެ ޕާޓީގެ ރިޔާސީ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާ...

13 Aug 2023 | 03:46

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދީ، އެމަނިކުފާނު ހިމާޔަތް ކޮށްދޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކަމަށް އެ ޕާޓީގެ ރިޔާސީ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ، ރޭ އދ. މާމިގިލީގައި ބޭއްވި ޖޭޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަމީން ވިދާޅުވީ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީނަށް އިންސާފު ހޯދައިފީ، ޕީޕީއެމްގެ ސަޕޯޓަރުންގެ އުންމީދުތައް ހާސިލު ކޮށްދެވޭނީ ޖޭޕީއަށް ކަމަށެވެ.

އެހެންކަމުން ޕީޕީއެމްއިން ޖޭޕީއާ ގުޅިގެން ކުރިއަށް ދިއުމަށް އަމީން ދައުވަތު ދެއްވިއެވެ.

އަމީން ވިދާޅުވީ މިއަދު ޕީޕީއެމް އޮތީ މަގުމަތިވެފައި ކަމަށެވެ. އަދި ޕީއެންސީން ރިޔާސީ ޓިކެޓް ހޯދީ ޔާމީންގެ ނިންމެވުމަށް ގޮންޖެހުމަށްފަހުގައި ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ތަޖުރިބާކާރުންނާއި ގާބިލު ފަރާތްތަކުން ގާސިމްއާ ގުޅިވަޑައިގަންނަމުން ދާ ކަމަށް އަމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ދަރިކަލުން އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ހިމެނޭހެން ބައެއް ފަރާތްތަކުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް