ދިއްގަރާއި ގާދިއްފުށީ ބައި އިލެކްޝަން އެމްޑީޕީއަށް

މިއަދު ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ވެރިކަން ކުރާ އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ. ދިއްގަރު ކައުންސިލުން ހުސްވީ އާންމު މެމްބަރެއްގެ ގޮނޑީއެވެ. ގާދިއްފުށީ ކައުންސިލުނ...

13 Aug 2022 | 16:23

މިއަދު ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ވެރިކަން ކުރާ އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.

ދިއްގަރު ކައުންސިލުން ހުސްވީ އާންމު މެމްބަރެއްގެ ގޮނޑީއެވެ. ގާދިއްފުށީ ކައުންސިލުން ހުސްވީ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި އެވެ.

މި ދެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާދިއްފުށީ ކައުންސިލް އެމްޑީޕީގެ ކެންޑިޑޭޓު ޒުހައިލާ އަހުމަދަށް 210 ވޯޓު ލިބުނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްްދުލް ހާދީއަށް 201 ވޯޓު ލިބުނު އިރު އެމްއާރުއެމްގެ ކެންޑިޑޭޓު ފާތިމަތު މަލްދާއަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.

އެ އިންތިހާބުގައި417 މީހުން ވޯޓުލި އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ503 މީހުންނަށެވެ.

ދިއްގަރު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އިންތިޚާބު ކާމިޔާބުކުރީ 375 ވޯޓުންނެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބުނީ 320 ވޯޓެވެ.

އެ އިންތިހާބުގައި 712 މީހުން ވޯޓުލި އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 1034 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް