އެފްވައިއެފްސީ 2022 - އައުޓްރީފް އެސްސީން ކުއާޓާ އާއި ގާތަށް ޖެހިލިއިރު، ޔުނައިޓެޑު ކުރިގަމަށް ކުއާޓާގެ އުންމީދު ގެއްލިއްޖެ

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިއަދު ހަވީރު ޔުނައިޓެޑު ކުރިގަމް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދު އައުޓްރ...

13 Aug 2022 | 15:46

ލާމު ފޮނަދޫގައި މިހާރު ކުުރިއަށްދާ “ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު” ގައި މިއަދު ހަވީރު ޔުނައިޓެޑު ކުރިގަމް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ އުންމީދު އައުޓްރީފް އެސްސީން ބޮޑުކޮށްފިއެވެ.

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިއަދު ޔުނައިޓެޑް ކުރިގަމް އާއި ވާދަކޮށް އައުޓްރީފް އެސްސީ މޮޅުވެފައިވަނީ 1-5 ގެ ނަތީޖާއިންނެވެ.

މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗުން ވެސް އައުޓްރީފް އެސްސީ މޮޅުވެފައިވާއިރު، އެޓީމާއި ދެކޮޅަށް ކުޅެ މިއަދު ބަލިވި ޔުނައިޓެޑު ކުރިގަމް ވަނީ އެޓީމުން ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުން ޔުނައިޓެޑް ކުރިގަމް ބަލިވެފައިވަނީ ލެކްރޯސް އާއި ވާދަކޮށް 1-8 ގެ ނަތީޖާއިންނެވެ. އެހެން ކަމުން ޔުނައިޓެޑު ކުރިގަމް އަށް މުބާރާތުގެ ކުއާޓާއަށް ދިއުމުގެ ފުރުސަތު މިހާރުވަނީ ގެއްލިފައެވެ.

މިއަދުގެ މެޗުގައި އައުޓްރީފް އެސްސީއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބުދުﷲ ފަރީސް، އިބުރާހީމް ހާނިފް އަދި މުޙައްމަދު ވަހީދުއެވެ. މި މެޗުގައި އަބުދުﷲ ފަރީޝް އާއި މުޙައްމަދު ވަހީދު މިއިން ކޮނެމް ކުޅުންތެރިއަކުވެސް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑް ކުރިގަމް ގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަބުދުﷲ ހައިކަލް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އައުޓްރީފް އެސްސީގެ އަބުދުﷲ ފަރީސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް