ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ ތެރޭގައި ގިނައީ ބިދޭސީން!

ޒުވާނުންގެ ތެރެއިން ރާއްޖޭގައި ގިނައީ ބިދޭސީން ކަމަށް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސް އިން ބުނެފި އެވެ. އެބިއުރޯއިން މި މައުލޫމަތު އާންމު ކުރީ އިއްޔެ ފާހަގަ ކުރާ ރާއްޖޭގެ ޒުވާނުންގެ ދުވަހާއި ގުޅ...

13 Aug 2022 | 09:26

ޒުވާނުންގެ ތެރެއިން ރާއްޖޭގައި ގިނައީ ބިދޭސީން ކަމަށް ނެޝެނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސް އިން ބުނެފި އެވެ.

އެބިއުރޯއިން މި މައުލޫމަތު އާންމު ކުރީ އިއްޔެ ފާހަގަ ކުރާ ރާއްޖޭގެ ޒުވާނުންގެ ދުވަހާއި ގުޅިގެން އާންމު ކުރި ތަފާސް ހިސާބުގައި އެވެ.

އެ ހިސާބުތައް ދައްކާގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ 579،330 އަށް އަރާނެ އެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ އިންސައްތަ އަކީ 47 އިންސައްތަ އެވެ. ބިދޭސީ ޒުވާނުންގެ އިންސައްތަ އަކީ 53 އިންސައްތަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީ ކަމުގައި ބަލާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގައި 258،923 މީހުން ރާއްޖޭގައި ދިރިއުޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް