ބަރަހަނާ ފޮޓޯ ޝޫޓުގެ މައްސަލައިގަ ރަންވީރު ފުލުހަށް ހާޒިރު ކުރަނީ

ބޮލީވުޑްގެ ބަތަލް ރަންވީރު ސިންގް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. އިންޑިއާގެ މުމްބާއީ ފުލުހުން ރަންވީރަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ22 ވަނަ ދުވަހު އެވެ. އޭނާ އާއި ދެކޮޅަށް ގި...

13 Aug 2022 | 08:57

ބޮލީވުޑްގެ ބަތަލް ރަންވީރު ސިންގް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

އިންޑިއާގެ މުމްބާއީ ފުލުހުން ރަންވީރަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ22 ވަނަ ދުވަހު އެވެ. އޭނާ އާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި އެވެ.

ފުލުހުން ނޯޓިސް ހަވާލު ކުރަން އެ ގެއަށް ދިޔަ އިރު ރަންވީރު ރަށަކު ނެތެވެ. އޭނާ ވަނީ އެނބުރި މުމްބާއީއަށް ދާނީ މިމަހު16 ގައި ކަން ފުލުހުންނަށް އަންގާފަ ކަމަށްވެ އެވެ.

އެ ފޮޓޯ ޝޫޓަކީ އިންޑިއާގެ މެގަޒިންއަކަށް އޭނާ ނެގި ފޮޓޯތަކަކެވެ. ފޮޓޯތައް ފުރަތަމަ އެ މެގަޒިންގެ ސޯޝަލް މީޑިއާ އެކައުންޓުތަކަކުން އާންމުކޮށްފައިވަނިކޮށް ރަންވީރުވެސް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އަމިއްލަ ބަރަހަނާ ފޮޓޯ އާންމު ކޮށްފަ އެވެ.

އެ ފޮޓޯތަކުގައި ހަމަ އެކަނި ނިވާ ކޮށްފައިވަނީ އޭނާގެ ޖިންސީ ގުނަވަނެވެ. އެވެސް ފައިންނާއި އަތުންނެވެ. ފޮޓޯތަކުގައި ފެންނަނީ ތުރުކީ ރަގެއްގެ މަތީގައި އެކި ގޮތް ގޮތަށް ހުއްޓިގެންނާއި އޮށޯވެގެން ރަންވީރު ފޮޓޯ ނަގާފައިވާ ތަނެވެ.

އެ ފޮޓޯތައް އޭނާ ދިފާއު ކުރަމުންދާއިރު އެކަމާ ދެކޮޅަށް ވަކާލާތު ކުރަމުންދާ މީހުން ބުނީ އެއީ އަންހެނުންނަށް ކޮށްފައިވާ މަލާމާތެކެވެ.

އެކަމަކު ރަންވީރާއި އިތުރު ފިލްމީ ތަރިންގެ އިތުރުން އޭނާގެ ސަޕޯޓަރުން ދަނީ އެ ފޮޓޯތައް ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ. އޭނާއަށް ތާއީދުކޮށް ވާހަކަ ދެއްކި ބޮލީވުޑް ތަރިންގެ ތެރޭގައި އާލިއާ ބަޓް، ވިދްޔާ ބާލަން އަދި ކަރީނާ ކަޕޫރު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް