އެކުވެރި އަރަބި އިމާރާތުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަމުންދިޔަ ޔޮޓަކުން ފަސް ކްރޫއަކު ސަލާމަތްކުރެވިފައިވާކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުނެފިއެވެ.
އެގޮތުން އިންޑިއާގެ ކޯސްޓްގާޑުން ބުނެފައިވަނީ "މޭޑޭ" ކޯލެއް ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފެށިކަމަށާއި އެ ޔޮޓުގެ ބެޓެރީ ކޮމްޕާޓްމެންޓުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު "މޭޑޭ" ކޯލުގައި ލިބުނު ކަމަށެވެ.
އެ ޔޮޓު އެކުވެރި އަރަބި އިމާރާތުން ފުރައިގެން އިތުރު މަރާމާތައް މީގެ ކުރިން އިންޑިއާގައި މަޑުކުރި ކަމަށާއި އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަމުންދަނިކޮށް އެ ހާލަތު ދިމާވީ ކަމަށްވެސް ބުނެފައިވެއެވެ.
ކޯސްޓްގާޑުން އެއް ގަޑިއިރުގެ ތެރޭގައި ޔޮޓާއި ހަމައަށް ދެވުނު އިރު މޫސުން ވަރަށް ގޯސް ކަމަށާއި ޔޮޓުގައި އޭރު ފެންބޮޑުވެ އަޑިއަށް ގޮސްދާނެކަމުގެ ބިރު އޮތަތީ އަވަސްވެގަތީ ހެލިކޮޕްޓަރުގައި ޕަސިންޖަރުން ސަލާމަތް ކުރުމަށް ކަމުގައިވެސް އިންޑިއާ ކޯސްޓްގާޑުން ބުނެފައިވެއެވެ.
ހުކުރު ދުވަހުގެ ފަތިހު ހުރިހާ ޕަސިންޖަރުން ސަލާމަތުން އިންޑިއާއަށް ގެންދެވިފައިވާއިރު ޔޮޓަށް ވީ ކިހިނެއްކަން އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް