އިންޑިއާގެ ބެންގަލޫރުން ރާއްޖެއަށް ދަތުރުކުރި ގޯ ފަސްޓް އެއާލައިންގެ ފްލައިޓެއް އެމަޖެންސީގައި ކޮއިމްބަތޫރު އެއާޕޯޓަށް ޖައްސައިފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި ކޮއިމްބަތޫރު އެއާޕޯޓުގައި ޖެއްސީ ބެންގްލޫރުން ފުރައިގެން 92 ފަސިންޖަރުންނާއެކު ރާއްޖެއަށް ދަތުރުކުރަމުންދިޔަ ފްލައިޓެކެވެ. އެޖަމެންސީގައި އިންޑިއާގެ ކޮއިންބަތޫރު އެއާޕޯޓަށް ޖެއްސީ އިންޖީނު ދޮންބޮޑުވި ކަމުގެ އެލާޓު އެޅުމުންނެވެ.
އެހެންނަމަވެސް ކޮއިމްބަތޫރަށް ލޭންޑުކުރުމަށްފަހު ބެލި ބެލުމުން މައްސަލަ ދިމާވީ އިންޖީނަށް ނޫންކަމާއި މައްސަލަ ދިމާވީ އެލާމު ސިސްޓަމަށް ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ. ޓެކްނީޝަނުން ބެލުމަށްފަހު ހަމަ އެ ފްލައިޓް ކޮއިމްބަތޫރުން ފުރައިގެން ރާއްޖެ ދިޔަ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
އެލާމް ސިސްޓަމަށް މިފަދަ މައްސަލައެއް ދިމާވެފައިވާއިރު އިންޑިއާގެ އެއާލައިން އިންޑަސްޓްރީއަށް ބަލައިލާއިރު މިދިޔަ މަހުގެ ތެރޭގައި އެކަނިވެސް މިފަދަ އެމަޖެންސީ ތިން ލޭންޑިންއެއް ރެކޯޑު ކުރެވިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް