ދެ ރަށެއްގެ ރަށު ކައުންސިލްގެ ބައި އިލެކްޝަން ކުރިޔަށް އެބަދެ އެވެ.
ބައި އިލެކްޝަން ކުރިޔަށް ދަނީ މ ދިއްގަރާއި ތ. ގާދިއްފުށީގައި އެވެ. ވޯޓު ފޮށި ބަހައްޓާފައިވަނީ ދެ ރަށާއި މާލޭގައި އެވެ.
ވޯޓުލުން މިއަދު ހެނދުނު8:00 ގައި ފަށާފައިވާއިރު މިހާތަނަށް ޖުމްލަ ވޯޓު ލާފައިވަނ159 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ47 އަންހެނުންނާއި112 ފިރިހެނުންނެވެ.
މި ދެ ރަށަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ1537 މީހުން އެބަތިއްބެވެ.
އީސީން ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓު ލުމަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް