އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޮތެއް ލިޔެގެން މަޝްހޫރުކަން ހޯދި ސަލްމާން ރުޝްދީގެ ކަރަށް ވަޅި އެރި މީހާ ހައްޔަރު ކޮށްފި އެވެ.
އޭނާ އެ ފޮތް "ދަ ސާތާނިކް ވާސަސް" ލިޔުނީ1988 ވަނަ އަހަރު އެވެ. އުމުރުން މިހާރު 72 އަހަރުގެ ސަލްމާން އެ ފޮތް ލިޔުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އޭނާ މަރަން ޖެހޭ ކަމަށް ގޮވާލަން ފެށުމުން އުޅެމުން ދިޔައީ ވަރަށް ސިއްރު ދިރިއުޅުމެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި އިއްޔެ އޭނާއަށް ހަމަލާދިނީ އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އަދަބީ ފެއާއެއްގައި ސްޓޭޖެއްގެ މަތީ ހުއްޓަ އެވެ. މަންޒަރު ދުށް މީހުން ބުނެފައިވަނީ އޭނާއަށް ހަމަލާ ދިނީ ކަޅު ހެދުމަކާއި ކަޅު މާސްކެއް އަޅައިގެން ހުރި މީހެއް ކަމަށެވެ.
ނިއު ޔޯކް ފުލުހުން ފަހުން މީޑިއާގައި ބުނީ އެމީހާ ދެނެގަނެވި ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެއީ އުމުރުން24 އަހަރުގެ ހާދީ މާތަރް ކިޔާ މީހެއް ކަމަށެވެ.
އެކަމަކު އޭނާ ސަލްމާނަށް ހަމަލާ ދޭން ޖެހުނު ސަބަބު އަދި ސާފުވެފައި ނުވާ ކަމަށާއި މަައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސަލްމާނަށް ހަމަލާ ދިނުމާއި އެކު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރުގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި މިހާރު އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށްވެ އެވެ.
ސަލްމާނަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް