އެއް ދުވަސް ތެރޭގައި އަފްގާންގެ މުހިންމު އަށް ސިޓީއެއް ތޯލިބާނުން ހިފައިފި

އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމައިގަ އެއް ދުވަސް ތެރޭގައި އެ ގައުމުގެ މުހިންމު އަށް ސިޓީއެއް ތޯލިބާނުންގެ އަތް ދަށަށް ގެންގޮސްފި އެވެ. ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ 24 ގަޑިއ...

13 Aug 2021 | 18:16

އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމައިގަ އެއް ދުވަސް ތެރޭގައި އެ ގައުމުގެ މުހިންމު އަށް ސިޓީއެއް ތޯލިބާނުންގެ އަތް ދަށަށް ގެންގޮސްފި އެވެ.

ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ 24 ގަޑިއިރެއްހާއިރު ތެރޭގައިި ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ އަފްގާންގެ ޕްރޮވިންސްތަކުގެ ވެރިކަން ކުރާ މުހިންމު ސިޓީތަކުގެ ތެރޭގައި ގަލަތް، ޓެރެންކޮޓް، ޕުލް އޭ އަލަމް، ފެރޫޒް ކޯހް އަދި ގަލް އޭ ނޯ އާއި ލަކްޝަރް ގާ ހިމެނެ އެވެ. ދެން ހިފާފައިވަނީ ހިާަތް އާއި ކަންދަހާރު ހިމެނެ އެވެ. މީގެ ތެރެއިން އެންމެ މުހިންމު ސިޓީއަކީ ކަންދަހާރެވެ.

މި ސިޓީތަކާއި އެކު އަފްގާނިސްތާނުގެ18 ޕްރޮވިންސްއެއްގެ ވެރިރަށްތަކުގެ ފުރިހަމަ ކޮންޓްރޯލް އެގައުމުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ތޯލިބާނުން ވަނީ ނަގާފަ އެވެ. އެ ސިޓީތައް ފަސޭހަކަމާއި އެކު ތޯލިބާނުންގެ އަތް ދަށަށް ދިޔައީ އަފްގާން އަސްކަރިއްޔާއިން އަމާން ދީ ހަނގުރާމައަށް ފިލާތީ އެވެ.

އަފްގާނުގެ ސިޓީތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޓީއަކީ ކަންދަހާރެވެ. އެ ސިޓީއަކީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އެވެ.

ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގެ ވެރިކަމަށް ތޯލިބާނުން އަރާނެ އެވެ.

އަފްޣާނިސްތާނުގެ ބޮޑު ސަރަހައްދެއް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދަން ފަށާފައި ވަނީ އެމެރިކާ އާއި އެހެން ގައުމުތަކުން އެ ގައުމުގައި 20 އަހަރު ވަންދެން ހިންގި އޮޕަރޭޝަން ނިމުމަކަށް ގެނައި ފަހުންނެވެ. ރީޖަނަލް ސިޓީތަކުގެ ތިންބައިކުޅަ އެއްބައި ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވާ އިރު އުތުރުގެ ބޮޑު ސަރަހައްދެއް ވެސް ވަނީ ތާލިބާނުންގެ ބާރުގެ ދަށުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް