ރަށްރަށުގެ ތަރައްޤީގެ ޕްލޭން ހަދަން ޖެހޭ ތާރީޚު ފަސްކޮށްފި

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހަދަންޖެހޭ ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ ތާރީޚު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަސްކޮށްފިއެވެ. އަލަށް އެކުލަވާލެވޭ ކައުންސިލްތަކަށ...

13 Aug 2021 | 17:37

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހަދަންޖެހޭ ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ ތާރީޚު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަސްކޮށްފިއެވެ.

އަލަށް އެކުލަވާލެވޭ ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވާތާ 3މަސްދުވަހުގެ ތެރޭގައި، އެ ރަށެއްގެ ތަރައްޤީގެ ޕްލޭން އެކުލަވާލަން ޖެހޭއިރު ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހެނީ ރަށުގެ ރައްޔިތުންނާއި ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މަޝްވަރާއާ އެކު އެފަރާތްތަކުގެ ޚިޔާލު ހިމެނޭގޮތަށެވެ.

ނަމަވެސް ކޯވިޑް-19 ގުޅިގެން މިކަންތައްތައް ކުރިއަށް ގެންދެވިފައިނުވާއިރު ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕްލޭން ނިންމުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރުމުން ޕްލޭން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ތާރީޚަކީ ނޮވެންބަރު 30 ކަމަށް އެލްޖީއޭ އިން ވަނީ ކަނޑައަޅާފައެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހަދަންޖެހޭ ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ.

އެލްޖީއޭން މިގޮތަށް ނިންމާފައިވަނީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާކުރުމަށް ފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް