ޒުވާން ޑިޕްލޮމޭޓުން އުފައްދަން ޝާހިދުގެ ހާއްސަ ޕްރޮގްރާމެއް ފަށްޓާނަން: ޝާހިދު

ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމޭޓުންގެ އާ ޖީލެއް އުފައްދަން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހާއް...

13 Aug 2021 | 17:20

ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމޭޓުންގެ އާ ޖީލެއް އުފައްދަން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ހާއްސަ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި އެވެ.

ޝާހިދު ވިދާޅުވީ "ޕީޖީއޭ ޔޫތު ފެލޯޝިޕް" [ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީ ޔޫތު ފެލޯޝިޕް] ގެ ނަމުގައި ފަށާ ޕްރޮގްރާމްގައި ބައިވެރިކުރާ ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް، އެއް އަހަރު ދުވަސް ހޭދަކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އެއީ އދ. ގެ ނިޒާމުގެ ތެރެއަށް އެ ޒުވާނުން ހޭލުންތެރި ކުރުވައި މަލްޓިލެޓަރަޒިމަށް ވަރުގަދަ އަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އޭނާއަކީ ޒުވާނުންގެ ބައިވެރިވުން އޮތުމުގެ މުހިއްމުކަން ވަރުގަ ދައަށް ގަބޫލުކުރާ ބޭފުޅެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ޒުވާނުންގެ މުސްތަގްބަލާ ގުޅޭ ނިންމުންތައް ބައްޓަން ކުރުމުގައި ބައިވެރިވުން އޮތުމުގެ މުހިއްމުކަމަށް ވިދާޅުވި އެވެ.

https://twitter.com/abdulla_shahid/status/1425958122015924228

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު އިންތިހާޞުވީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާ އެ މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް