ފާއިތުވި 24 ގަޑި އިރު 111 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 24 މީހުންނާއި އަތޮޅުތަކުން 79 އަދި ރިސޯޓުތަކުން 8 މީހުން ކަމަށެވެ.
ފާއިތުވި 24 ގަޑި އިރު 5297 ސާމްޕަލް ވަނީ ނަގާފަ އެވެ. އަދި 19 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ނެެވެ.
އެކްޓިވް ކޭސް ގެ ޢަދަދު 1960 ގައި ހުރި އިރު، ރާއްޖެއިން މިހާތަނަށް ކޮވިޑު ޖެހިފައިވަނީ 78،926 މީހުންނަށެވެ. އަދި މި ބައްޔަށް ފަރުވާކޮށް 76،732 މީހުން ވަނީ ބަލިން ރަނގަޅު ވެފަ އެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 222 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް