ޑާކް ރެއިން ގެ ގިރިޓީ ލޯބީގެ 20 އިންސައްތަ ނިމިއްޖެ

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ ގިރިޓީ ލޯބީގެ 20 އިންސައްތަ ނިމިއްޖެ އެވެ. ޑާކް ރެއިން އިން އުފައްދާ ވެބް ސީރީޒްއަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ ސީރީޒ...

13 Aug 2021 | 16:52

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ ގިރިޓީ ލޯބީގެ 20 އިންސައްތަ ނިމިއްޖެ އެވެ.

ޑާކް ރެއިން އިން އުފައްދާ ވެބް ސީރީޒްއަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ ސީރީޒެކެވެ. އަދި މި ސީރީޒް ޑަައިރެކްޓް ކުރަނީ ދިވެހި ފިލްމީ ދާއިރާހެ އެތައް އެވޯޑެއް އުފުލާލާފައިވާ ކުޅަދާނަ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.

މިފަހަކަށް އައިސް ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ގެ ސްކްރީން ޕްލޭއަށް ތައްޔާރުކުރާ މި ސީރީޒްގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ، ހުނަރުވެރި އެކްޓަރ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ހިިމެނެ އެވެ.

މީގެ އިތުރުން ކޮންމެ ރޯލަކަށް ވެސް ފުރިހަމަ އެކްޓަރ މުޙައްމަދު މަނިކު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ވެސް ތަރިންގެ ތެރޭގައި ހިމެނެ އެވެ.

ޑާކްރެއިން އިން ބުނީ މި ހުނަރުވެރިންގެ އިތުރުން މި ދާއިރާއަށް މުޅިން އަލަަށް ނުކުންނަ ފަންނާނުންނާއި މި ދާއިރާގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާ ފަރާތްތައް ވެސް މި ސީރީޒުގައި ފެންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް