ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ޓީއެމްއޭއިން ވަނީ އިސް ދައުރެއް އަދާކޮށްފަ: ޓޫރިޒަމް މިނިސްޓަރ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ޓީއެމްއޭއިން ވަނީ އިސް ދައުރެއް އަދާކޮށްފައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖޭ...

13 Aug 2021 | 15:55

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ޓީއެމްއޭއިން ވަނީ އިސް ދައުރެއް އަދާކޮށްފައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ފާހަގަކޮށް، ކަނޑުގެ ދިރުންތައް ކުރަހާފައިވާ ސީޕްލޭނެއް ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އިން ދައްކާލުމަށް ބޭއްވި ކުޑަ ހަފުލާގައި ވާހަކަ ދައްކަވަމުން ނެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ އެ ކުންފުނީގެ ވެރިންނަކީ ބޭރު ފަރާތްތައްނަމަވެސް ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އެ ކުންފުނިން ހޯދައިދީފައިވާ ކަމަށެވެ.

އެގޮތުން ޓީއެމްއޭގައި މަސައްކަތް ކުރާ ޕައިލެޓުންގެ ތެރެއިން 75 ޕަސެންޓު މީހުންނާއި އިންޖިނިއަރުންގެ ތެރެއިން 90 ޕަސެންޓު މީހުންނަކީ ދިވެހިންކަން ޑރ. މައުސޫމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެމްއޭސީއެލްގެ ސީއޯއޯ އަދި މެނޭޖިންގ ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސީޕްލޭންގެ ލިވަރީގެ ޒަރިއްޔާއިން ކަނޑާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރު ކުރެވި، އެފަދަ މަސައްކަތްތައް ކުރި އެރުވޭނެ ކަމަށް ޓީއެމްއޭ އިން އުއްމީދު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް