ޕީޕީއެމްގެ ޒުވާނުން އިސްނަގައިގެން ޚާއްސަ ޖަލްސާއެއް މިރޭ ބާއްވަނީ!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް) ގެ ޒުވާނުން އިސްނަގައިގެން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ. މިއީ ޕީޕީއެމްއެމްއާއި، ޕީއެންސީގެ ޒުވާނުން އިސްނަގައިގެން ބާއްވާ ޚާއްސަ ޖ...

13 Aug 2021 | 12:40

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް) ގެ ޒުވާނުން އިސްނަގައިގެން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

މިއީ ޕީޕީއެމްއެމްއާއި، ޕީއެންސީގެ ޒުވާނުން އިސްނަގައިގެން ބާއްވާ ޚާއްސަ ޖަލްސާއެކެވެ.

ކޯލިޝަންގެ އެންމެހާ ޒުވާނުންނާއި ރާއްޖޭގެ އެންމެހައި ޒުވާނުންނަށް މި ޖަލްސާއަށް ދައުވަތު ދީފައިވާ އިރު، މި ޖަލްސާ ފަށާނީ މިރޭ 9 ޖަހާ އިރު އެވެ.

ޕީޕީއެމް އޮފީސް ދޮރުމަތީގައި ބާއްވާ މިޖަލްސާގައި ދެޕާޓީގެ ލީޑަރޝިޕްގެ ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

މި ޖަލްސާ މިރޭ ބާއްވާ އިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ، ސިޔާސީ ހަރަކާތްތައް އިތުރުކޮށް، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޚާއްސަ ހަރަކާތްތައް ހިންގަމުން ނެވެ.

މީގެ އިތުރުން ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ މެނިފެސްޓޯ އެކުލަވާލުމުގެ ދަތުރުތައް ވެސް އެކޯލިޝަނުން މިހާރުވަނީ ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް