ގޭބިސީތަކުގެ ކުނި އުކާލުމުގެ އުސޫލަށް ވެމްކޯ އިން ބަދަލު ގެނެސްފި

ކޮވިޑް-19 ގެ ސަބަބުން ގޭބިސީތަކުގެ ކުނި އުކާލުމުގެ އުސޫލަށް ވެމްކޯ އިން ގެންގުޅު އުސޫލަށް ބަދަލު ގެނެސްފި އެވެ. އެގޮތުން މި އޯގަސްޓު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރީންވެސް އަމަލުކުރަމުން އައި އުސ...

13 Aug 2021 | 12:29

ކޮވިޑް-19 ގެ ސަބަބުން ގޭބިސީތަކުގެ ކުނި އުކާލުމުގެ އުސޫލަށް ވެމްކޯ އިން ގެންގުޅު އުސޫލަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން މި އޯގަސްޓު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރީންވެސް އަމަލުކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފެށުމަށް ތައްޔަރުވަމުން އަންނަކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެެވެ.

އެ ކުންފުނިން ބުނީ މާލޭ ސިޓީ ކައުންސިލުގެ ޓީމެއް އެ ކުންފުންޏާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އެގޮތަށް ސިޓީ ކައުންސިލުން އެކަން ކުރަން ބޭނުން ނަމަ އެގޮތަށް ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. އަދި މިހާރު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ބުންޏެވެ.

ގޭގެއަށް ވަދެ ކުނި ނަގަން ފެށުމުން ބިލު ނުދައްކާ ޚިދުމަތް ލިބިގަންނަ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި މާލޭ ސަރަހައްދުގެ 50 އިންސައްތަ ގޭބިސީން ވެމްކޯގެ ޚިދުމަތް ހޯދުމަށް ފަހު ފައިސާ ނުދައްކާ ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ. އަދި އެކަމުގެ މާލީ ގެއްލުން ކުންފުންޏަށް ވަރަށް ބޮޑަށް ކުރާ ކަމަށް ވެސް ބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް