ސޮނީ ޗެނަލުން ގެނެސްދޭ އިންޑިއަން އައިޑޮލް މުބާރާތަކީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަދި މިހާރުވެސް ގިނަބަޔަކު އެއަށް އިންތިޒާރު ކުރާ މުބާރާތެކެވެ.
ކޮންމެ އަހަރެއްގެ މުބާރާތުގައި ވެސް ބެލުންތެރިން ޝައުގުވެރިވާ ފަދަ އެތައް ރަހަތަކެއް އަޅަމުންދާ އިރު، މިއަހަރުގެ މުބާރާތުގައި އެންމެންގެ ލޯ ތަކުގައި އަޅައިގަތީ ފައިނަލިސްޓުންގެ ތެރޭގައި ވެސް ހިމެނޭ ޕަވަންދީޮް ރާޖަން އާއި އަރުނިތާ ކަންޖީލާލް ގެ ގުޅުމެވެ.
ބެލުންތެރިން ވެސް އަދި އެ ޝޯވއަށް އަންނަ މެހެމާނުންނަށް ވެސް ހީވެފައި އޮތީ އެ ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަކަމަށެވެ. އެހެންވާން ޖެހެނީ ބެލުންތެރިއެއްގެ ހައިސިއްޔަތުން ވިސްނާ އިރު، ޕަވަންދީޕް ލަވަ ކިޔާ އިރު، އަރުނިތާ ދެއްކުމާއި އަރުނިތާގެ މޫނުމައްޗަށް އަރާފައިބަމުންދާ ކުލަވަރުން ނެވެ. ހަމަމިގޮތަށް އަރުނިތާ ލަވަ ކިޔާ އިރު، ޕަވަންދީޕު ގެ މޫނުމަތިން ވެސް ކޮންމެވެސް ވަރެއްގެ އިހުސާސްތަކެއް ފާޅުވާކަން އެނގެއެވެ.
އިންޑިއަން އައިޑޮލްގެ މިދިޔަ އެޕިސޯޑުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ކަރަން ޖޯހަރު ބައިވެރިވެ، ވަނީ ޕަވަންދީޕް އާ އަރުނީތާ ލައްވާ "ކުޗް ކުޗް ހޯތާ ހޭ"ގެ ލޯބީގެ ޑައިލޮގެއް ވެސް ކިޔުއްވާފަ އެވެ. އަދި އެ ގުޅުން ދާއިމަށް ދެމި އޮންނަން ބޭނުންވާ ވާހަކަ ވެސް ކަރަން ވަނީ އެ ޝޯވގައި ބުނެފަ އެވެ.
އެހެންނަމަވެސް ޕަވަންދީޕް ރާޖަން އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް އަރުނިތާ ކަންޖީލާލް ވަނީ ބުނެފަ އެވެ.
އަރުނިތާ ބުނީ މި ގުޅުން އެހެން ބައިވެރިންނާ މެދުވެސް އޮންނަކަމަށާއި މިއީ ޝޯވއެއްކަމަށްވާތީ ގިނަ ކަންތައްތައް މަޖަލަކަށްވެސް ކުރާ ކަމަށެވެ. އަދި އެފަދަކަންކަމަކީ ސީރިއަސްކޮށް ނަގާ އެއްޗެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
"އެހެން ކަމަކާ ވިސްނާލާނެ ފުރުސަތެއް ޝޯވގެ ތެރެއިން ނުލިބޭ. އެންމެންގެ ފޯކަސް ވެސް ހުރީ އައިޑަލްގެ ޓްރޮފީ ނެގުމަށް. އެހެންވީމަ ތިޔަ ހީކުރާފަދަ ގުޅުމެއް އަހަންނާ ޕަވަންދީޕާ ދޭތެރޭ އަދިއެއް ނެތް." އަރުނީތާ ބުނެފައި ވެއެވެ.
މިފަދަ ގިނަ ރިއާލިޓީ ޝޯވް ތަކުން މިފަދަ ކަޕްލް ނުވަތަ ޖޯޅީތައް އުފަންވުމަކީ ޢާންމުކަމެކެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ.
އިންޑިއަން އައިޑަލް 12 ގެ ފައިނަލް އަންނަ އާދިއްތަ ދުވަހު ބާއްވާ އިރު، މިއީ އައިޑަލްގެ ތާރީޚުގައި ވެސް ބޭއްވޭ އެންމެ ބޮޑު އެއް ހަފްލާ އެވެ.
މި ފަހަރުގެ ފިނާލޭމެދުކެނޑުމެއް ނެތި މެންދުރު 12 އިން އެ ރޭގެ މެންދަމު 12 އަށް ޝޯވ ކުރިއަށްދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް