މެމްބަރު ހައިތަމްއަށް އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒް އަަށް އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގެންފިއެވެ. އެކަން ހާމަ ކުރައްވާފައިވަނީ ހައިތަލ...

13 Aug 2021 | 11:52

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒް އަަށް އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގެންފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ ހައިތަލް ޓުވިޓާގައި ކުރެއްވި ޕޯސްޓެއްގައި އެވެ. ވެރިކަން ކުރާ މައި ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހައިތަމަށް އެއް މާބަނޑު ދެކުދިން ލިބިވަޑައިގެންނެވީ މިއަދު އެވެ.

ހައިތަމްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ލިބިވަޑައިގެންނެވީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއް ކަމަށެވެ. އެ ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/ahmhaitham/status/1426053951581941762

ހައިތަމް އާއި ޝަޖާން ކައިވެނި ބައްލަވައިގެންފައި ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މީގެ ކުރިން އެ ދެބޭފުޅުންގެވެސް އެހެން ކައިވެނިތައް ކޮށްފައިވެ އެވެ.

ހައިތަމް އާއި އޭނާގެ އަނބިކަނބަލުން ޝަޖާން މުއާޒް އަަށް، ހައިތަމްގެ ކުރީގެ އަނބިކަނބަލުން ފުރައްސާރަކޮށް އަނިޔާކުރަން މަސައްކަތްކުރި މައްސަލައެއް ވެސް ދާދި ފަހުން ފެންމަތިވެފައިވެއެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް