ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓާއި އެކު ދެއްވީ ތަފާތު މެސެޖެކެވެ.
ޝިދާތާއަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް މީގެ ކުރިން ތަފާތު މެސެޖުތައް ދެއްވާ ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ވަނީ ކަސްރަތުކޮށްގެން ހަށިގަނޑަށް ގެނައި ބަދަލާއި އެކު އާންމު ކޮށްލި ފޮޓޯ އާއި އެކު މީހުުން ހައިރާން ކޮށްލާފަ އެވެ.
މިއަދު އާންމު ކުރެއްވި ޝިދާތާގެ ޕޯސްޓުގައި ހިމެނޭ ފޮޓޯގައި ފެންނަނީ އޭނާ އެއް ފަރާތަކަށް ހުއްޓިލައިގެން އުނަގަނޑުގައި އަތް ޖައްސާލައިގެން ހުންނަވާތަނެވެ.
އެ ފޮޓޯގެ ކެޕްޝަންގައި އެދިވަޑައިގެންފަވަނީ ނަޒަރިއްޔާތު ބަދަލު ކޮށްލުމަށެވެ. ދެން ވިދާޅުވެފައިވަނީ އޭރުން ކުރިމަތީގައި ހުރި ހުރަސްތަކަށްވުރެ ހުރި ފުރުސަތުތައް ފެންނާނެ ކަމަށެވެ.
ޝިދާތާ ވަނީ ތަފާތު މާނައެއް އެކުލެވޭ އިތުރު މެސެޖެއް ހިއްސާ ކުރައްވާފަ އެވެ.
ޝިދާތާގެ ސްޓޯރީއަށް ލާފައިވާ މެސެޖެއްގައި ބުނެފައިވަނީ އުޅެންވާނީ އެމީހަކާއި އެއްވަރަށް ވަފާތެރި މީހަކާއި އެކު ކަމަށެވެ. އަދި އެކުގައި އުޅޭ މީހާ އަކީ ރަނގަޅު އިހުސާސްތައް ގެނެސްދީ، އެމީހާއަށް އުޖާލާކަށް ގެނެސްދޭ މީހަކަށް ވާންޖެހޭ ކަމަށެވެ.
ޝިދާތާ މިއަދު ހާމަކުރައްވަމުން ގެންދާ މެސެޖުތަކަކީ އެކަމަނާ އަމިއްލަ ބަސްތަކަށް ނުވިޔަސް އިންޓަނެޓްގައި ހުންނަ އެފަދަ މެސެޖުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާ ކުރުން މާނަ ކުރަނީ އެމީހަކު އެއަށް ތާއީދު ކުރުން ނުވަތަ އެމީހެއްގެ ދިރިއުޅުމާއި ގުޅުން ހުރި މެސެޖަކަށް ވުމުގެ ގޮތުގައި އެވެ.
އެހެން ކަމުން މިއަދު ޝިތާދާ އާންމުކޮށްފައިވާ ދެ ޕޯސްޓަކީ އެކަމަނާގެ ދިިރިއުޅުމުގައި ނަގަން ނިންމާފައިވާ ފިޔަވަޅަކާއި ގުޅުން ހުރި ލިޔުންތަކެއް ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް