ހދ. ނޮޅިވަރަމު ކައުންސިލް ފުޓުބޯލް ޗެލެންޖު 2021 ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
މި މުބާރާުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ދުވަސް އެމްވީއަށް މަޢުލޫމާތު ދެމުން ބުނީ މިއީ 9 އަ ސައިޑް ފުޓްބޯޅަ މުބާރާތެއް ކަމަށާއި މި މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ކަމަށެވެ.
އަޅުގަނޑުމެން މިހާރު ވިސްނާފަ މިއޮތީ އަންނަ މަހުގެ އެއްވަނަ ދުވަހު ފަށަން. އެކަމަކު މިހާރުގެ ހާލަތުން، މިބުނީ ކޮވިޑު ކޭސްއެއް ފެނުން ކަހަލަ ކަމެއް ދިމާވެއްޖެ ނަމަ، ތާރީޚަށް ބަދަލު އައުން އެކަށީގެންވޭ." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އޯގަސްޓު 19 ވާ ބުރާސްފަތި ދުވަހުގެ 10:00 އާ 2021 އޯގަސްޓު 23 ވާ ހޯމަ ދުވަހުގެ 12:00 އާ ދެމެދު، ބައިވެރިވާން އެދޭ ފޯމު ނަގައި ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މި ފޯމާއެކު މުބާރާތުގެ ގަވާޢިދު ވެސް ލިބޭނެކަމަށް ބުންޏެވެ.
ނޮޅިވަރަމް ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރި ވެވޭނީ ރަޖިސްޓަރ ކްލަބު ޖަމުޢިއްޔާތަކުގެ ބެލުމުގެ ދަށުން ކަމަށާއި މުބާރާތުގައި ކޮންމެ ކްލަބު ޖަމުޢިއްޔާ އަކުން ވެސް އެއް ޓީމަށްވުރެ ގިނަ ޓީމަށް ފުރުޞަޠު ދެވިދާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ޓީމެއްގައި ވެސް އެންމެ ގިނަވެގެން ޖެއްސޭނީ 13 ކުޅުންތެރިންނާއި 03 އޮފިޝަލުން ކަމަށް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް