ޕްރައިމަރީން ނަޝީދު ބަލިވެއްޖެނަމަ އެމްޑީޕީ އަށް ވެރިކަން ނުލިބޭނެ: ބޮންޑޭ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީން، ދައުރުގެ މެދުތެރެއިން އިސްތިޢުފާ ދެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މ...

13 Aug 2021 | 09:58

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީން، ދައުރުގެ މެދުތެރެއިން އިސްތިޢުފާ ދެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލިވެއްޖެނަމަ އެމްޑީޕީ އަށް ވެރިކަމުގެ ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް"ގެ ޓީވީ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެވަޑައިގެން ވާހަކަދައްކަމުން ބޮންޑޭ ވިދާޅުވީ ރައްޔިތުން އިތުބާރުކުރާ މީހަކަށް ހުރީ އެންމެ މީހެއް ކަމަށާއި އެއީ ނަޝީދު ކަމަށެވެ.

އެގޮތުން އެމްޑީޕީ އަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބޭނީ ވެސް ނަޝީދު ޕްރައިމަރީ ކާމިޔާބުކޮށްގެން ކަމަށާއި ނަމަވެސް ނަޝީދަށް ނާކާމިޔާބުވެއްޖެނަމަ ރާއްޖޭގައި ވެރިކަން ކުރާނީ އެހެން މީހެއް ކަމަށެވެ.

އެގޮތުން ޕްރައިމަރީން ނަޝީދު ބަލިވެއްޖެނަމަ އެއް ބަޔަކު ވޯޓުލާން ވެސް ނުދާނެ ކަމަށާއި، މިހާރު ހިނގަމުންދާ ކަންކަން ތަކުރާރުކުރަން ރައްޔިތުން ބޭނުން ނުވާނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިހެން ވިދާޅުވިއިރު ރިޔާސީ ޕްރައިމަރީގައި ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި ރައީސްކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމުގެ އިޝާރާތެއް ރައީސް ޞާލިޙް ވެސް ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް