އުމަރުގެ ޓެގު އެއްބަސްވުން ސަރުކާރުން އުވާލައިފި، ސުވާލު އުފެދޭ އެތައް ކަމެއް އެ އެއްބަސްވުމުގައި އެބަހުރި !

ކުރީގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެ ދަށުން ގައިދީންގެ ފައިގާ އެޅުވުމަށް ޓެގް އުފައްދަން ބޭރުގެ ކުންފުންޏ...

13 Aug 2021 | 08:55

ކުރީގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެ ދަށުން ގައިދީންގެ ފައިގާ އެޅުވުމަށް ޓެގް އުފައްދަން ބޭރުގެ ކުންފުންޏަކާ ހަވާލުކުރި ކުރުން ދިވެހި ސަރުކާރުން އުވާލައިފިއެވެ.

މިކަން ދުވަހަށް އެނގިފައިވާއިރު މި އެއްބަސްވުން އުވާލީ އެ އެއްބަސްވުމުގައި ކަންބޮޑުވާ، ސުވާލު އުފެދޭ އެތައް ކަންތައްތަކެއް ހުރުމުން ކަމުގައި މުއުތަބަރު ގޮތެއްގައި ދުވަހަށް އެނގިފައިވެއެވެ.

ރާއްޖެއިން މި ޓެގެއް ހުސްވެއްޖެކަމުގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީއަށް އައުމާއެކު އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ މިކަމާ އެމަނިކުފާނު އަންނަނީ ހިނި، ކަމަށެވެ. އެހެންނަމަވެސް އެ އެއްބަސްވުމުގައި ހިނި ނާންނަވަރުގެ ކަންބޮޑުވުތަކަކާއި ސުވާލު އުފެދޭ އެތައް ކަންތައްތަކެއް ހުރިކަން ދުވަހަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲއާއި ސުވާލު ކުރުމުން ހަފްސީ ވިދާޅުވީ އަދި ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ. އެ އެއްބަސްވުން ހަދާފައިވަނީ ކޮން ކުންފުންޏަކާއި އެކުގައިތޯ ހާމަކުރެވިދާނެތޯ އެހުމުންވެސް ހަފްސީ ވިދާޅުވެފައިވަނީ ބަލާލާފައި، އެކަން ހާމަކުރެވެން އޮތް ނަމަ ގުޅާލަދެއްވާނެ ކަމަށެވެ.

މި އެއްބަސްވުމެއް ސަރުކާރުން މިހާރު އުވާލާފައިވާއިރު މޭ ހައެއް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ޓެގް ގަންނާނެ ފައިސާ ހޯމް މިނިސްޓްރީގެ ބަޖެޓުގައި ނެތް ކަމަށެވެ. އެހެންކަމުން މި ޓެގެއްގެ އަގަކީ އެއްބަސްވުން އުވާލަން ނިންމި އެއް ފެކްޓާ ކަމުގައިވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް މިއީ ޑިޖިޓަލީ މޮނީޓަރ ކުރެވޭ ޓެގަކަށްވެފައި އެ އެއްބަސްވުމުގައި ސަރުކާރަކުން ކަންބޮޑުވާނެ އަދި ސުވާލު އުފެދޭ އިތުރު އެތައް ކަންތައްތަކެއް ހުރިކަން މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް